ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ދަނީ ކަންބޮޑުވާވަރަށް އިތުރުވަމުން – ޒެނީޝާ

14754005047260.jpg

ކުޑަކުދިންނަށް ކުރާ އަނިޔާތައް ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުން އަންނަ ކަމަށާއި މިކަމަށް ހޭލުން ތެރިވުމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޗަހީދު ޒަކީ ގޮވާލައްވައިފިއެވެ.

ޖެންޑަރ މިނިސްޓރީއަށް ހުށައެޅޭ މައްސަލަތަކާއި މެދު ފިޔަވަޅު އަޅާނެ ގޮތްތަކާ މިފަދަ މައްސަލައެއް ހުށައެޅުމުން ކަން ކުރަން ޖެހޭ ގޮތްތަކަށް މިނިސްޓްރީގެ މުވައްޒަފުން ހޭލުންތެރިކުރުވުމެ ގޮތުން އެ މިނިސްޓްރީގެ ފަރާތުން މިއަދު ފެށި ވޯކްޝޮޕް ހުޅުވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ  ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގިނަ މަސައްކަތްކުރަމުން އަންނަ އިރު ވެސް ދުވަހެއް ދުވަހަކަށް އެކަން އިތުރުވަމުން ދިއުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއްކަމެއްކަމުގައެވެ. އެކަމާ ދެކޮޅަށް އަދިވެސް ގިނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އެއްކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 18އަހަރުން ދަށުގެ ކުދިންނަށް ކޮށްފައިވާ ޖިސްމާނީ އަދި ޖިންސީ އަނިޔާއާއި ނަފްސާނީ މައްސަލަތަކުގެ ގޮތުގައި ހަމައެކަނި މާލެއިންވެސް 340މައްސަލަ ހުށައެޅިފައިވާކަމަށާއި 18 އަހަރުން މަތީގެ މީހުންނަށް ބަލާއިރު 131 މައްސަލަ ހުށައެޅިފައިވާކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ، އަނިޔާ ތަކާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށާއި ހިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ގެނެވެން އޮތް ހައްލަކީ ކޮބައިކަން ދެނެގަނެ ކަންކަން ރަގަޅުކުރުމަށް މަޝްވަރާ ކުރަން ޖެހޭކަމުގައެވެ.

ޔުނިސެފާއި ގުޅިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ރާއްޖޭގެ 19 އަތޮޅުގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކާއި މިނިސްޓްރީގައި މަސައްކަތްކުރާ 28 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top