އޭދަފުށި ޓީމް ރޮއްވާލުމަށްފަހު ގޮއިދޫޓީމް ތަށި ހިފައިގެން ފުރައިފި

DSCN2066.jpg

އެންމެ 11 ފޯލީގެ ތަފާތުން އޭދަފުށި ޓީމް ބަލިކޮށް ގޮއިދޫ ޓީމް ބ.އަތޮޅު ކައުންސިލްގެ 3ވަނަ ބަށިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށީ ހިއްކި ބިމުގައި ކުޅެވުނު މި މެޗް މިދިޔަ އަހަރުވެސް ޗެމްޕިއަންހޯދާފައިވާ ގޮއިދޫ ޓީމް ކާމިޔާބުކޮށްފައިވަނީ  27ލަނޑު 11 ފޯލީގެ ނަތީޖާއާއެކުގައެވެ. އޭދަފުށްޓަށް މިއަދުގެމެޗުގައި ހެދިފައިވަނީ ޖުމްލަ 27 ލަނޑެވެ.

dscn2055

މިއަދުގެ މެޗަކީ ފޯރިގަދަ ދެފަރާތުގެ ސަޕޯޓަރުންވެސް ގިނަ އަދަދަކަށް މެޗުބަލަން އެއްވި ދުވަހެއްގެ ފާހަގަ ކުރެވުނު ދުވަހެކެވެ. މި މެޗުން ގޮއިދޫ މޮޅުވުމުން ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 25000ރ. އާއި ޗެމްޕިއަން ޓްރޮފީ ގޮއިދޫ ޓީމާ ހަވާލުކޮށްދެއްވީ މިމެޗް ޝަރަފްވެރި ކޮށްދެއްވި ދިރާގުގެ ފަރާތުންނެވެ.

dscn2048

މުބާރާތުގެ ރަނަރއަޕް ޓީމަށް ކަނޑައަޅާފައިވާ 15000ރ. ލިބިފައިވަނީ އޭދަފުށި ޓީމަށެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވާފައިވަނީ ހިތާދޫ ޓީމެވެ.

dscn2057

މި މުބާރާތުގެ ބަށި ރާނީ ނުވަތަ އެންމެ މޮޅު ކުޅުންތެރިއާ އަދި އެެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމަށް 1058 ޕޮއިންޓާއެކު ހޮވުނީ ގޮއިދޫ ޓީމުގެ ފާތުމަތު މިލްނާ އެވެ. މިލްނާ އަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް މި މަގާމަށް ހޮވުނު ކުޅުންތެރިޔާއެވެ. އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއަކަށް ހޮވާފައިވަނީ އޭދަފުށީ ޓީމުގެ ހައްވާ އަބްދުއްރަހްމާން އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވާފައިވަނީ ހިތާދޫ ޓީމުގެ ނަޒާހަތު އިޝްހާޤު އެވެ.

dscn2124

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ދެން ހޮވާފައިވަނީ ގޮއިދޫ ޓީމުގެ އައިމިނަތު ޝާހިދާ އާއި މާޅޮހު ޓީމުގެ އާމިނަތު ނަފީސާ އެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު