އޭދަފުށީގައި ފެންބޮޑުވެ މަގުތަކުން ފެންހިންދަނީ

DSC_0815.jpg

ރޭ ފަތިހުން ފެށިގެން ހެނދުނު 7 ޖެހުމާހަމައަށް އޭދަފުއްޓަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމާއި ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން ކޮށްފިއެވެ.

މި މަސައްކަތުގައި ރަށު ކައުންސިލަށް އެހީތެރިވެދިނީ އަތޮޅު ކައުންސިލާއި މޯލްޑިވްސް ޕޮލިސް އިން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އޭދަފުށީގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވި އިރު ތާރު އަޅާފައިވާ މަގުތައްވެސް ވަނީ ކާނުތައް ފުރިގެން ފެން ބޮޑުވެ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން އޭދަފުށީ ޕޮލިސްގެ އެހީތެރިކަމާއެކު މިއަދު ހެނދުނުން ފެށިގެން މަގުތަކުން ފެންހިންދަން ކުރަމުން އައި މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ދަނީ ކަމުގައެވެ.

“މަގުތަކުގައި ފެން ބޮޑުވި ނަމަވެސް ގޭގެއަށް ފެންވަދެގެން މީހަކަށް ނުވަތަ މުދަލަކަށް ގެއްލުން ވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް. އެކަންކަން އަދިވެސް ބަލަމުން މި ގެންދަނީ.” ރައީސް ތޮލާލު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން މަގުތަކުން ފެންހިންދުމުގެ މަސައްކަތް މިއަދު 1 ޖެހުމާހަމައަށް އައީ ކުރަމުން ނެވެ.

މަގުތަކުގަިއ ފެންބޮޑުވުމުގެ ސަބަބުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top