އޭދަފުށީގައި އަވައްޓެރި ފުލުހުންގެ ހަފްތާ ފަށައިފި

DSC_8176.jpg

އޭދަފުށީގައި މިއަދު ”އަވައްޓެރި ފުލުހުންގެ ހަފްތާ“ ގެ ހަރަކާތްތައް ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ހަރަކާތް އޭދަފުއްޓެކޭ އެއްފަދައިން މާލެއާއި ރާއްޖެތެރޭގައިވެސް މިއަދުވަނީ ފަށައިފަ އެވެ.

އޭދަފުށީގައި މި ހަރަކާތް ފެށުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ފުލުހުން މިއަދު ހެނދުނު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެސެމްބްލީގައި ބައިވެރިވެ ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައެވެ.

މާލެ ސިޓީގެ ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ވަނީ ބައިވެރިވެ “ސައިބަރ ސޭފްޓިއާއި ބުލީންގ” އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައެވެ.

އަވައްޓެރި ފުލުހުންގެ ހަރަކާތް އޭދަފުށީގައި މިއަދު ފަށާފައިވާއިރު މިހަފްތާގައި އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ޕާކްތަކަށް ޒިޔާރާތްކުރުމާއި ސާފުކުރުމުގެ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ މެޗަކާއި ލޭ ހަދިޔާކުރުން ހިމެނެ އެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9290 ދަރިވަރުންނަށް މައުލޫމާތު ދީފައެވެ. އަދި ރާއްޖެތެރޭގެ އެކި ސްކޫލްތަކުން ޖުމްލަ 20778  ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ސެޕްޓެމްބަރު 18 އިން 24 އަށް ކުރިއަށް ދާނެއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކުށްމަދު އަމާން މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ފުލުހުންގެ ހިދުމަތް ދިނުމުގެ ނިޒާމެކެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top