އެމްޕީ ސަލީމްގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓް ތަކެއް.

DSCN6598.jpg

އެމްޕީ ، އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމުގެ ނަމުގައި ފޭކް އެކައުންޓްތަކެއް ޓްވިޓާގައި ދައުރުވަމުން އެބަދާ ކަމަށް ސަލީމް ވިދާޅު ވެއްޖެއެވެ.

ސަލީމް ވިދާޅުވީ އޭނާގެ ނަމުގައި ހިންގާ ދެ އެކައުންޓަކުން އޭނާ ވިދާޅުނުވާ ވާހަކަތަކެއް ޓުވީޓު ކުރަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.

ސަލީމްގެ ރަސްމީ ޓުވީޓާ އެކައުންޓް ތިރީގައި މިވަނީ އެވެ.

https://twitter.com/redwave_saleem

ސަލީމް ވިދާޅުވީ އޭނާގެ ނަން ބޭނުންކޮށްގެން ފޭކް އެކައުންޓްތަކުން ފާޑުފާޑުގެ ވާހަކަތައް ފަތުރަނީ އޭނާގެ ނަން ކިލަނބު ކުރުމަށެވެ.އަދި އެއީ ވަރަށްފިނޑިއަމަލެއްކަމަށްވިދާޅުވެ އެކަން އޭނާ ކުށްވެރި ކުރެއްވިއެެވެ.

އެ އެކައުންޓުތަކުން ކޮށްފައި ހުރި ޓްވީޓުތަކުގައި މަޖިލީހުގެ ޖަލްސާތަކާ ގުޅޭ ގޮތުންނާއި ސިޔާސީ މައިދާނުގައި ކަންހިނގާ ގޮތްތަކާ ގުޅޭ ގޮތުން ޓުވީޓުތައް ކޮށްފައި ހުރެ އެވެ.

އަހުމަދު ސަލީމަކީ 2009 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އޭދަފުށީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ އޭދަފުއްޓަށް އުފަން ދަރިއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top