ހޫނު ގަދަވުމުގެ ސަބަބުން ކިހާދޫ ދަނޑުތަކުގައި ބަލި އަޅާފައި

56675779_10158430242103009_3696516607493799936_n.jpg

ކިހާދު ދަނޑުވެރިން ހައްދާފައިވާ ކަރާ ދަނޑެއް- ފޮޓޯ :މުހައްމަދު ޒުބޭރު

ހޫނުގަދަވުމުގެ ސަބަބުން ކިހާދޫ ދަނޑުވެރިން ގެ ދަނޑުތަކުގައި ފާޑެއްގެ ބައްޔެއް އަޅައި ދަނޑުތަކުން އެދެވޭ ނަތީޖާއެއް މިއަހަރު ނުފެންނާނެކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ރައްޔިތުންނަކީ ކޮންމެ އަހަރަކު ރޯދަމަހަށް ރައްޔިތުންނަށް ބޭނުންވާ ވަރަށް އަމިއްލަ ރަށުގެ ދަނޑުތަކުން އުފައްދާ ތަކެތި ބޭނުން ކުރާ ބައެކެވެ. އެގޮތުން މިއަހަރުވެސް އެރަށު ކައުންސިލުންވަނީ ދަނޑު ހެއްދުމަށް އެދުނު ކޮންމެ މީހަކަށްވެސް 4000 އަކަފޫޓުގެ ބިމެއް ދޫކޮށްފައެވެ.

29 ފަރާތަށް ބިން ދޫކޮށްފައިވާއިރު މި ދަނޑުތަކުގައި ހައްދާފައިވަނީ ކަރާ، ކިއުކަންބާ އަދި ބަރަބޯ ކަމަށް ކިހާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ކިހާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް ވިދާޅުވީ މިއަހަރު ދަނޑުވެރިކަން ކުރަން ކިހާދޫ ދަނޑުވެރިންނަށް ދޫކުރި 29 ބިމުގައިވެސް ވަނީ ބަލި އަޅާފައި ކަމުގައެވެ.

“ހޫނު ގަދަވުމުގެ ސަބަބުން ދަނޑުތަކަށް ބޭނުންވާ ވަރަަށް ފެން ނުދެވޭތީ ވީގޮތެއް ކަމަށް ބެލެވެނީ. ” ނައިބުރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދަނޑުތަކަށް ލިބުނު ގެއްލުމާއެކުވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް ދަނޑުތަކުން ރޯދަމަހަށް ފުދޭ ވަރަށް ތަކެތި ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އާބާދީގައި 496 މީހުން ދިރިއުޅޭ ކިހާދޫ ރައްޔިތުން ފާހަގަ ކުރެވިފައިވަނީ މަސައްކަތްތެރި ހީވާގި ރައްޔިތެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top