މަޖިލިސް މުވައްޒަފުންގެ އެލަވަންސްތައް ބޮޑުކުރަނީ

z9JjaYbVeKQpz0XsPphDtnFF7iQa1ANYhD8DDmdF-1.jpeg

ރައްޔިތުންގެ މަޖިލިހުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިނުވާތާ 11 އަހަރަށްފަހު، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅައިފިއެވެ.

މުސާރައާއި ގުޅޭގޮތުން އާންމު ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ހުށަހަޅާފައިވަނީ އެލަވަންސްތައް ބޮޑުކުރުމަށް ކަމުގައެވެ. އެއީ އަސާސީ މުސާރައަށް ބަދަލު ގެނައުމުން ޕެންޝަނަށް ދައްކަންޖެހޭ އަދަދު ބޮޑުވެ، އަދި އިތުރުގަޑީގެ ފައިސާވެސް ބޮޑުވެ، ބަޖެޓަށް ބާރު ބޮޑުވާނެތީ ކަމުގައި ނިއުޝާ ވިދާޅުވި އެވެ.

މަޖިލިސް މުވައްޒަފުންގެ އެލަވަންސްތަކަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކުގ ތެރޭގައި ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ ހާޟިރީ އެލަވަންސަށް ބަދަލު ކުރުމާއި ޕާލިމަންޓްރީ ސާވިސް އެލަވަންސްއަށް ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުމާއި މާސްޓާސް ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،500ރ އިން 2،000ރ އަށް ބޮޑުކުރުމާއި ޑިގްރީ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،000ރ އިން 1،500ރ އަށް ބޮޑުކުރުން ހިމެނެއެވެ. އަދި ޑިޕްލޮމާ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުމާއި ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށްދޭ އެލަވަންސް 500ރ އިން 700ރ އަށް ބޮޑުކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން މަޖިލީހުގެ ޖަލްސާތަކަށާއި ޚާއްސަ އިވެންޓުތަކަށް ކޯޓު ލައިގެން ހާޒިރުވާންޖެހޭ މުވައްޒަފުންނަށް އަހަރަކު ދެ ފަހަރު ދޭ 5،100ރ. ގެ އެލަވަންސް ކުޑަކޮށް، އެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ދިނުންވެސް ހިމަނާފައި ވެއެވެ.

ރައްޔިތުންގެ މަޖިލުހުގެ އަންނަ އަހަރުގެ ހިންގުމަށް ހިނގާނެ ބަޖެޓުގެ ގޮތުގައި މިހާރު މަޖިލިހުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ 187 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top