އޭދަފުށީ އަންހެނުން ކޮމެޓީގެ މަދަހަ މުބާރާތް މިއަދު ފަށަނީ

viber_image_2022-04-28_05-59-29-892.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ރަމަޟާންމަހަށް ހާއްސަކޮށްގެން ބާއްވާ މަދަހަ މުބާރާތް މިއަދު ހަވީރު ފަށާނެކަމަށް އެކޮމެޓީން ބުނެފި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެން އަންހެނުން ކޮމެޓިން ބާއްވާ މިމަދަހަ މުބާރާތުގައި 140އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއީ ވަކިން މަދަހަ ހުށައަޅާ 86 ދަރިވަރުންނާއި ގްރޫޕް މަދަހައިގެ ގޮތުގައި 10މަދަހަ އެވެ.

ކޮމެޓިން ބުނީ، މި މުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ އަދި އަދަބިއްޔާތަށް ލޯބިޖައްސާ، މަދަހަ ކިޔުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ބާއްވަން ނިންމި މުބާރާތެއް ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top