ބަކުރުބޭގެ ޖަނާޒާގައި ބައިވެރި މީހުންގެ އަދަދު ދެ މިލިޔަނަށް ވުރެ ގިނަ

bakuru-1-2048x1215.jpg

ބަކުރުގެ ސަންދޯއް (ކަޅު ކުލައިގައި) ކަށުނަމާދަށް ހަރަމްފުޅަށް ގެންގޮސްފައި

އުމުރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް އިއްޔެ ފަތިހު ނިޔާވި ބ.އޭދަފުށީ މާބަގީޗާގޭ އަބޫބަކުރު ހަސަން، 76، (ބަކުރުބޭ) ގެ ޖަނާޒާގައި ދެ މިލިޔަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މައްކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފި އެވެ.

އުމުރާގެ އަޅުކަމަށް އަބޫބަކުރު ދިޔައީ އާއިލާއާ އެކު މުސާފިރީން އުމްރާ ގްރޫޕްގެ ހަވާލުގައެވެ.

ބަކުރުބޭގެ ކަށުނަމާދު ކޮށްފައިވަނީ މައްކާގެ މާތްވެގެންވާ ހަރަމްފުޅު މަސްޖިދުލް ހަރަމްގައި ރޭ ފަތިސް ނަމާދަށް ފަހު އެވެ.

އަބޫބަކުރަކީ ރަމަޟާން މަހުގެ ފަހު 10ގައި އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ފުރަތަމަ މީހާއެވެ.

ބަކުރުގެ ޖަނާޒާގައި އާއިލާގެ ހުރިހައި މެމްބަރުންނާއި، އުމްރާއަށް ގޮސް ތިބި ހުރިހައި ދިވެހިން ބައިވެރިވިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top