ފުޅަދޫ ކައުންސިލުގެ ރައީސްގެ ފަހަތުން ރަށުގެ ގިނަ ބަޔަކު ޕީއެންސީއަށް

large_1698067366154Qnu.jpg

ފުޅަދޫ ކައުންސިލްގެ ރައީސް އެ ރަށަށް ވަޑައިގަތުމުން ރަށުގެ ބަޔަކު މަރުހަބާ ދަންނަވަނީ

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، ބ. ފުޅަދޫ ކައުންސިލުގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކޮށް، މި މަހު 15ގައި ޕީއެންސީއަށް ސޮއި ކުރެއްވުމާ އެކު އެ ރަށުގެ ގިނަ ބަޔަކު ޕީއެންސީއާ ގުޅެން ފަށައިފިއެވެ.

އަޒުހަރު ޕީއެންސީއަށް ސޮއި ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއަށް ފަހު، އޭނާ އެނބުރި ރަށަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަޒުހަރު ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ގަބޫލުކޮށް، ފުޅަދޫއާއި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި އޭނާގެ އެ ނިންމެވުމަށް ވަރަށް ގިނަ މީހުން މަރުހަބާ ކިޔާފައިވާ ކަމަަށް ވިދާޅުވި އެވެ.

“އަޅުގަނޑު ރަށަށް އައުމާ އެކު، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށް ދަނީ. ހަމަ މުޅި ރަށް ކަހަލަ ގޮތަކަށް ޕީއެންސީއާ ގުޅެމުން އަންނަނީ،” އޭނާ ވިދާޅުވިއެވެ.

އަޒުހަރު ވިދާޅުވީ، ފުޅަދޫ ރައްޔިތުންނަކީ އަބަދު ވެސް އެކުވެރިކަމާއެކު ރަށުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ ކަމަށްޓަކައި ފުޅަދޫގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ފުޅަދޫއަކީ 240 އެއްހައި މީހުންގެ އާބާދީ އޮންނަ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top