އަނުޝްކާ ޝަރްމާ ބަނޑުބޮޑު!.

1lls7pjg_anushka_625x300_27_August_20.jpg

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ބަނޑުބޮޑުކަމަށް އެދެމީހުންގެ ފަރާތުން މީޑިއާ ގައި ބުނެފިއެެވެ.

މަޝްހޫރު ކްރިކެޓަރ، އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އާއި ކައިވެނި ކޮށްގެން އުޅޭ އަނުޝްކާ ވަނީ އޭނާގެ ފޭނުންނަށް އޭނާ ބަނޑުބޮޑުކަން އެންގުމުގެ ގޮތުން “ދެން އަހަރެމެން ވާނީ ތިނަކަށް.” ކަމުގައި ބުނަމުން އަނުޝްކާގެ ބަނޑުބޮޑު ފޮޓޯއެއް ލާފައެވެ.

އަނުޝްކާގެ ބަނޑަށް މިހާރު ހަތަރު މަސްވެފައިވާއިރު، އޭނާ ވިހާނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.  އަނުޝްކާގެ އިތުރުން ކަރީނާ ކަޕޫރުވެސް ވަނީ އޭނާ ބަނޑުކަމަށް ހަަމަ މި މަސްދުވަހުގެ ތެރޭގައި މީޑިއާ އަށް ހާމަ ކޮށްފައެވެ.

އަނުޝްކާ އާއި ވިރާތު ކައިވެނި ކޮށްފައިވަނީ ގިނަދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު 2017ވަނަ އަހަރު އިޓަލީގަ އެވެ.

ފިލްމް ”ރަބްނޭ ބަނާކޭ ޖޯޅީ ”އިން ފިލްމީ ދުނިޔެއަށް 2008 ވަނައަހަރު ތައާރަފްވީ އަނުޝްކާވަނީ މިހާތަނަށް ރީތި ފިލްމްތަކެއް ކުޅެ ބޮލީވުޑް އެންމެ މަތީ ހަރުފަތާ ހަމައިގައެވެ. އޭނާގެ އެންމެ ރީތި ފިލްމު ތަކުގެ ތެރޭގައި ޕީކޭ، ބޭންޑް ބާޖާ ބާރާތު، ދިލް ދަޅަކްނޭ ދޯ އަދި އޭދިލް ހެ މުޝްކިލް ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

އަނުޝްކާއަކީ ފިލްމް ޕްރޮޑިސަރެއްވެސް މެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top