ކޮންމެ ރަށަކުން އެއް ކުއްޖަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު..

img_md_202005180704151589810655.943.jpeg

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު،ޑރ.އިބްރާހީމް ހަސަން.

މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ލޯނު ދިނުމުގައި ކޮންމެ ރަށަކަށް ފުރުސަތު ލިބޭގޮތަށް ކޮންމެ ރަށަކަށް ޖާގައެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ލޯނު ދިނުމުގެ އުސޫލަށް ބަދަލު ގެނެސް މިއަހަރު ލޯނު ދޫކޮށްފައިވަނީ ރާއްޖޭގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކުއްޖަކަށެވެ. އެގޮތުން އިންތިހާބީ 87 ދާއިރާ އޮތްއިރު އެންމެ ފަހުން ހުޅުވާލި ލޯން ސްކީމުގެ ދަށުން ކުރިމަތިލީ އެންމެ 46 ދަރިވަރުންނެވެ. އޭގެ ތެރެއިން 36 ދަރިވަރެއްގެ ޝަރުތުހަމަނުވާތީ ލޯނު ލިބިފައިވަނީ އެންމެ 10 ދަރިވަރުންނަށެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އިބްރާހިމް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މާލީ އެހީ ދިނުމުގައި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރެއިން މީހުން ބިނާކުރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަހިވާގޮތަށް ސްޓޫޑެންޓް ލޯނުގެ އުސޫލަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، މަޝްވަރާގެ އުސޫލުން އެކަން ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އިންތިހާބީ 87 ދާއިރާއަށް ނިސްބަތްކޮށް ވަކި ކެޓަގަރީއެއް އުފައްދާ ކޮންމެ ދާއިރާއަކަށް އެއް ފުރުސަތު ހުޅުވާލީ ވެސް ލާމަރުކަޒީ ނިޒާމު ތަރައްގީކޮށް މުޅި ރާއްޖެއަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހުން އިންތިހާބީ ދާއިރާތަކަށް ލޯން ސްކީމް ހުޅުވާލުމުން އެހާ ބޮޑު ތަރުހީބެއް ނުލިބުނު ކަމަށެވެ.

“މިހާރަށްވުރެ ބޮޑަށް އަތޮޅުތެރޭގެ ކޮންމެ ރަށަކުން ޝަރުތު ހަމަވާ ކުދިންނަށް ލޯން ދިނުމަށް ވިސްނަމުން އެބަދަން. އޭރުން 87 ދާއިރާގެ އިތުރުން ރަށްތަކުން 192 ކުދިންނަށް އެ ފުރުސަަތު ލިބިގެންދާނެ” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަތީ ތައުލީމުގެ ފުރުސަތުތައް މީގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް އަތޮޅުތެރެއަށް ނިސްބަތްކޮށް ދިން ނަމަވެސް ބޮންޑު ކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން ކިޔަވާ ނިމިގެން އައިސް ރަށްރަށުގައި ގިނަ ކުދިން ހިދުމަތް ކުރަމުން ނުދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top