މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް

Int-Mens-Day-1.jpg

މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފިރިހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައެޅިގެން ފާހަގަ ކުރަނީ ފިރިހެނުން ނާއި ފިރިހެން ކުދިންގެ ސިއްހަތު ޕްރޮމޯޓްކޮށް އެކަމަށް ފޯކަސް ކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމާއެކު ފިރިހެން ރޯލް މޮޑެލުން ޕްރޮމޯޓް ކުރުމަށާއާއި މުޖްތަމައު އާއި އާއިލާ ބިނާކުރުމުގައި ފިރިހެނުން ކުރާ މަސައްކަތް ފާހަގަކުރުމުގެ ބޭނުމުގައެވެ.

ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމުގައި ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް މިހާރު ފާހަގަކުރަމުންދެއެވެ. ރާއްޖޭގައިވެސް ބައެއް އޮފީސްތަކުގައާއި އަމިއްލަ ބައެއް ފަރާތްތަކުން މި ދުވަސް ފާހަގަކުރަމުން އާދެއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1992ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top