އަތޮޅު ހޮސްޕިޓަލުގެ އަންހެން ސްޓާފުން، ފިރިހެނުންނަށް ”ސަޕްރައިޒެއް” ދީފި!

77428048_1456838504470120_4010853358238695424_o.jpg

ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

މިއަދު ފާހަގަކުރާ ބައިނަލް އަޤްވާމީ ފިރިހެނުންގެ ދުވަހާ ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން، ފިރިހެން މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއްކިޔައި، އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ރަސްމީ ގަޑިއަށް ފިރިހެން މުވައްޒަފުން ހޮސްޕިޓަލަށް ދިޔައިރު، ހުރިހާ އަންހެން މުވައްޒަފުން ތިބީ ފިރިހެނުންނަށް ރަތްދޫލައިގެ މަރުހަބާއަކާއެކު، މޭވާ ބާސްކެޓެއް ހަދިޔާކުރަން ތައްޔާރުވެގެންނެވެ. އަދި ކޮންމެ ފިރިހެން މުވައްޒަފަކަށްވެސް މޭވާ ބާސްކެޓާއެކު، ދުވަހުގެ ތަހުނިޔާ ލިޔެފައިވާ ސްލޭޝްއެއް ކަރުގައި އެޅުވިއެވެ. އަދި ކޭކު ފެޅުން ވެސް އޮތެވެ. މަރުހަބާއަށް ފަހު އަންހެން މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ނާސްތާ އެއްވެސް ފިރިހެން މުވައްޒަފުންނަށް ދިނުން އޮތެވެ.

 

މިއިވެންޓް އިންތިޒާމް ކުރުމުގައި އުޅުނު އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފަކު ބުނީ މިއީ ކުއްލިއަކަށް ރޭވިގެން އައި ކަމެއްކަމަށާ، މިކަމުގައި ހުރިހާ އަންހެން ސްޓާފުންވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އޭނާ ބުނީ އެކުވެރިކަން އާލާކުރުމަށް އެހޮސްޕިޓަލުން މިފަދަ އިވެންޓްތައް އަބަދުވެސް ރާވައި ހިންގާކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވީ މިއީ މުވައްޒަފުންގެ ފަރާތުން ލިބުނު “ސަޕްރައިޒެއް” ކަމަށާ، މަރުހަބާއާއި، ހަރަކާތްތަކާމެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ހުރިހާ އަންހެން މުވައްޒަފުން ދެއްކީ ރީތި ނަމޫނާއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައިނަލް އަގްވާމީ ފިރިހެނުންގެ ދުވަހާ ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ހަވީރު ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދަން ވަނީ ރާވާފައެވެ.

102 މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ބ. އަތޮޅު ހޮސްޕިޓަލްގައި 30 ފިރިހެން މުވައްޒަފުން މަސައްކަތްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top