މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބ.އަތޮޅު ތިން ދާއިރާގެ ތިން ކައުންސިލް ގޮޑިއާއި އަތޮޅުގެ ދެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށުކައުންސިލުތަކުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ހޯދައި މުޅި ބ.އަތޮޅުގެ ބޮޑު މެޖޯރިޓީ އެމްޑީޕީ ހޯދައިފިއެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު ބ.އަތޮޅު ރަށު ކައުންސިލުތަކުގެ 41 ގޮނޑީގެ ތެރެއިން 15 ގޮނޑި ފިޔަވައި ހުރިހާ ކައުންސިލެއްގެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ޕީޕީއެމަށް ލިބުނީ އެންމެ 9 ގޮނޑި އެވެ. އަނެއް 6 ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ރަށު ކައުންސިލްތަކަށް ވާދަކުރި ކެންޑިޑޭޓުންނެވެ.
13 ރަށް ހިމެނޭ ބ.އަތޮޅުން ޕީޕިއެމް އަށް މެޖޯރިޓީ ލިބިފައިވަނީ ހަމައެކަނި އޭދަަފުށްޓާއި ކެންދޫ އިންނެވެ.
ޕީޕީއެމްއަށް މި އިންތިޚާބުގައި ބ.އަތޮޅެކޭ އެއްފަދައިން މުޅި ރާއްޖެއިން ވެސްވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމް އިން “ތަރައްްގީ ބޭނުންނަމަ ޕީޕީއެމްއަށް ވޯޓް ދެއްވާ ” މި ޝިއާރުގެ ދަށުުން ކުރަމުން އައި ކެމްޕޭންއަށް ރައްޔިތުން އާނ! ބަސް ނުބުނެ ބީރު ކަންފަތެއް ދީފައިވާތީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިމާވެދާނެ ބޮޑު ގޮންޖެހުމެއްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ..