އަނަންތަރާ ކިހަވަށްރިސޯޓަށް ދުނިޔޭގެ އެންމެ ހިތްގައިމު މޫދުއަޑީގެ ރެސްޓޯރެންޓް އެވޯޑު

under-water-restaurant-anantara-kihavah-villas-maldives-hotel-luxury-resort-island.jpg

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށްރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓް

ދުނިޔޭގެ އެއްވަނަ ހިތްގައިމު މޫދުއަޑީގެ ރެސްޓޯރެންޓް އެވޯޑް ބ.އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވަށްރިސޯޓަށް ލިބިއްޖެއެވެ.

މި އެވޯޑު ލިބިފައިވަނީ މޮރޮކޯގެ ގަލާޒް ގަލްފް އެންޑް ބީޗް ރިސޯޓުގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލްއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވި މި ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ މޫސާ ރަމީޒުގެ އިތުރުން ބައެއް ރިސޯތުތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި އަނަންތަރާ ރިސޯޓުގެ އިތުރުން ރާއްޖޭގެ އެހެން ބައެއްރިސޯޓްތަކަށް ވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑުތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ލިބޭ އެވޯޑު ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް ލިބިފައިވާއިރު ދުނިޔޭގެ އެއްވަނަ ވޯޓަރވިލާ ރިސޯޓުގެ އެވޯޑު ލިބިފައިވަނީ އަޔާދާ ރިސޯޓަށެވެ. އަދި ދުނިޔޭގެ އެއްވަނަ އެއަރޕޯޓް ހޮޓަލުގެ އެވޯޑު ލިބިފައިވަނީ ހުޅެލޭ އައިލެންޑް ހޮޓަލަށެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއާއި ރިސޯޓުތަކުގެ ބައެއް ވެރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top