ފުޅަދޫގެ މުރަކަ ބަގީޗާ ހުދުވާން ފަށައިފި

large_1681034737603iO0-1.jpg

ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ބ. ފުޅަދޫގެ މުރަކަ ހުދުވުމުގެ އަލާމާތްތައް ފެންނަން ފަށައިފި ކަމަށް ރާއްޖޭގެ ތިމާވެއްްޓާއި ކަނޑު އަޑީގެ ދިރުންތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކޮށް ދިރާސާކުރުމުގެ މަސައްކަތްކުރާ މެރިން ޖާނަލް މޯލްޑިވްސް އިންބުނެފިއެވެ.

މެރިން ޖާނަލް މޯލްޑިވްސް އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން މުރަކަ ހުދުވުމުގެ ރިޕޯޓުތައް ލިބެމުން އަންނަ ކަމަށެވެ.

މުރަކަ ހުދުވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު ވަކި މިންވަރަކަށް ހޫނުވުމެވެ. އޭގެ ސަބަބުން މުރަކަ ތަކަށް ކާނާ ހޯދައިދޭ އަލްގީ މުރަކައިގެ ތެރެއިން ބޭރުކޮށްލައެވެ.

މި ކަން ކުރިމަތިވަނީ އެލްނީނޯ އާއި ލާނީނާގެ ހާލަތު މެދުވެރިވުމުންނެވެ.

އެލްނީނޯ އާއި ލާނީނާއަކީ ފެސިފިކް ކަނޑުގެ ޓްރޮޕިކަލް ސަރަހައްދުގެ ވަޔާއި ކަނޑުގެ ސަރަހައްދަށް އަންނަ ދިގު މުއްދަތުގެ ބަދަލެކެވެ.

މި ބަދަލުގެ އަސަރު އިންޑިއާ ކަނޑު ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާކަމަށް މެރިން ޖާނަލް އިންސްޓިޓިއުޓުން ބުންޏެވެ.

އެގޮތުން 1998ވަނަ އަހަރާއި 2016ވަނަ އަހަރު އެލްނީނޯގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މުރަކަ ހުދުވެ ފަރުތައް މަރުވެފައިވެއެވެ.

ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި އަލުން މި ހާލަތު ކުރިމަތިވެ މުރަކަ ހުދުވާން ފަށާނެ ކަމަށް ލަފާކުރެވޭކަމަށް އެ ޖާނަލުން ބުނެއެވެ.

އެ ޖާނަލުން ބުނާ ގޮތުގައި ގާ ހުދުވުމުގެ އަލާމަތްތައް ފެންނަނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އެގޮތުން ބިން ހިއްކުންފަދަ މަސައްކަތްތައް މި ދުވަސްވަރު މަޑުޖައްސައިލުމާއި، ފީނުމާއި މޫދު ކުޅިވަރުތަކުގެ ތެރޭ މުރަކައިގައި އަތް ނުލުމާއި ވެލިގަނޑު ބުރައިގެން ދާހެން އަމަލު ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ނަގިލި އެޅުމުގައި ސަމާލުވުމާއި، ނަނާއި ދާގަނޑު މޫދަށް ދޫކޮށް ނުލުމުގެ އިތުރުން، ދިރޭ މުރަކަ ނުނެގުން ވެސް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top