ޕިކަޕަކާ ފާރަކާއި ދޭތެރޭ ފިތި މަޑުއްވަރީ ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

large_168103575845lOoq.jpeg

ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ އަހްމަދު އަސްލަމް ---

ރ. މަޑުއްވަރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަސްލަމް ނިޔާވެއްޖެއެވެ.

މަޑުއްވަރީން މައުލޫމާތު ހާމަކުރި ގޮތުގައި އެ ހާދިސާ ހިނގީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕް ދޭތެރޭ ފިތިގެން ކަމަށެވެ.

ތިން ކުދިންގެ ބައްޕަ އަސްލަމް ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.

“އެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭފައި ބުރެކަށް ފިތާލުމުގެ ބަދަލުގައި ސްޕީޑަށް ފިތާލެވިފަ އެހުރީ. ދިޔަގޮތަށް ފާރުގަ ޖެހުނީ އަސްލަމްއާ އެއްކޮށް،” އެރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އެ ހާދިސާގައި އަސްލަމްގެ އެއް ފައި އޮތީ ފަލަމަސްގަނޑު ކައިރިން ބުރިވެފަ އެވެ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެ އެވެ.

އޭނާ މަޑުއްވަރީ ކައުންސިލްގެ އެސްޖީ ކަމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެކުރިން  ހޯމްމިނިސްޓްރީގައި އޭނާވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top