ވޯކްޕާމިޓް ފީ ބޮޑުކޮށްފި

IMG_20200714_162306115.jpg

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް

ވޯކް ޕާމިޓް ފީ ގެ ގޮތުގައި ކުރިން ނަގަމުން އައި 250ރުފިޔާގެ ބަދަލުގައި 350 ރުފިޔާ އަށް ބޮޑު ކުރަން ނިންމައިފި އެވެ. 

މި ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި  ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ. 

މިގަވާއިދުގައި ބުނަނީ ގެވެށި މަސައްކަތަށް ދޫކުރެވޭ ކޯޓާ ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ ނޭޝަނަލް ޖޮބް ސެންޓަރު– ޖޮބް ޕޯޓަލް” ގައި ރަޖިސްޓަރީ ކުރުމުން ކަމަށާ ކޯޓާ ދޫކުރެވޭނީ ކޯޓާ ފީގެ ގޮތުގައި 12މަސްދުވަހުގެ މުއްދަތަށް 2000 ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ. އަދި އެ ފީ ދައްކަން ޖެހޭނީ މި އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.  

ރާއްޖެއަށް މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ޑިޕޮސިޓް ބެލެހެއްޓުމާއި ފީ ދެއްކުމަކީ ބިދޭސީ މީހާ ގެންނަ ފަރާތުގެ ޒިންމާއަކަށް ވާއިރު ޑިޕޮޒިޓް ނުދައްކާނަމަ އެފަރާތަކާމެދު މިނިސްޓްރީން ފިޔަވަޅު އަޅާނެކަމަށާއި ރަޖިސްޓަރީ ނުކޮށް ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top