ކައުންސިލްތަކުގެ މުވައްޒަފުން މުސާރަ މިއަހަރު ބޮޑުވާނެ

473298578_916228094027005_3020631972871406748_n.jpg

ސިވިލް ސާވިސް މުވައްޒަފުންނާ އެކު ކައުންސިލްތަކުގެ މުވައްޒަފުން މުސާރަވެސް މިއަހަރު ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ކައުންސިލްތަކުގެ މަސްއޫލިއްތާއި އެކަށޭނަ ހައިބަތު ވަޒީފާ އަދާކުރާ ވެއްޓާ އިމާރާތުން ވެސް ސޫރަވެ، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެއްޓެއް ގާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމާއި ގަދަރުދީ އެ އަޚުލާގު އުފެއްދުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލެއް ކަމަށެވެ.

އެގޮތުން ކައުންސިލް އިމާރާތައް އަޅަން ފެއްޓީ ވެސް ސަބަބަށް ޓަކައި ކަމަށާއި ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލު އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

”އިރާދަ ކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުއައްޒަފުންނާ ޖުޑިޝަރީގެ މުއައްޒަފުންނާ އެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން.“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަންދޭ ގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް ބާރުވެރިކުރުމަށް އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސާއި އެހެނިހެން އިނާޔަޔްތައް ދިނުމަށް ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ހުށަހަޅަން ޖެހޭ އިސްލާހުތައް މި މަހު ހުށަައަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ދެ އިސްލާހުގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top