އޭދަފުށި އިންޖީނުގޭގެ އިންޖީނުރޫމް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

20191106_113304.jpg

އޭދަފުށީ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އޭދަފުށި ވޮއިސް

ބ. އޭދަފުށީ އިންޖީނުގޭގެ އިންޖީނުރޫމް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަސައްކަތް ފެށީ އިއްޔެއެވެ. އޭދަފުށީ އިންޖީނުގެއިން ބުނީ މިމަސައްކަތަކީ އޭދަފުއްޓަށް ކަރަންޓް ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ފެނަކައިން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށެވެ. އެއިންޖީނުގޭގެ ޑެޕިއުޓީީ މެނޭޖަރ މުހައްމަދު އާތިފް އީވީއަށް ވިދާޅުވީ މިހާރު ހުރި އިންޖީނުރޫމާ ގުޅިގެން އިތުރު ކުރެވޭ ބައި ދެގުނަ ބޮޑުވާނޭކަމަށާ، ކޮންޓްރޯލް ރޫމްވެސް އޭގެ ތެރޭގައި ހިމެނޭކަމަށެވެ.

“އިތުރު ކުރެވޭ ބަޔާއެކު ބޮޑެތިދެ އިންޖީނު އިތުރަށް ބެހެއްޓޭނެ ޖާގަ ލިބިގެންދާނެ. އަނެއްކާ ޕެނަލް ރޫމްވެސް ދެގުނަ ވެގެންދާނެ. ޓެކްނިކަލް ޑިޕާާޓްމަންޓް ބޮޑުވެ ސާވިސް ޓޭންކްތައްވެސް ރައްކާތެރި ހިސާބަކަށް ބަދަލުކުރެވޭނެ މިމަޝްރޫއު ނިމޭއިރު. ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މިބަލަނީ މިޕްރޮޖެކްޓް ނިމުނީމާ”

އާތިފް ވިދާޅުވީ މިހާރު އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށްވެސް ފެނަކައާއި ގުޅިގެން އިތުރު މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

އޭދަފުށީ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތް ފަށައި، 1 މެގަވޮޓް އިންޖީނެއް ގެނެސްފައިވާއިރު، ދޮންފަނާއި، ހިތާދޫގައި އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފުޅަދޫ އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައިވެސް ދާދިފަހުންވަނީ ސޮއިކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top