ޝޫޓިންގ ތެރޭގައި ކުލްފީމެންނަށް އަނިޔާވެއްޖެ

kulfi-kumar-bajewala-sikandar-amyra-and-kulfi-get-injured-920x518.jpg

ސްޓާރ ޕްލަސް އިން ދައްކަމުން ގެންދާ މަޝްހޫރު ޑްރާމާ “ކުލްފީ ކުމާރު ބާޖީވާލާ “ގެ ޝޫޓިންގ ގައި އުޅެނިކޮށް ކުލްފީއާއި އަމައިރާ އަދި ސިކަންދަރަށް އަނިޔާވެއްޖެއެވެ.

މޯހިތު މަލިކު (ސިކަންދަރު ސިންގ ގިލް ) އޭނާގެ ޓްވިޓާގައި ޝެއަރކޮށްފައިވާ ވީޑިއޯއިން، މީގެ ދެ ރެއެއްގެ ކުރިން ‘ގްރޭންޑް ތިއޭޓާރ އޮޑިޓޯރިއަމް’ ގައި އަލިފާން ރޯވުމުން އޭނާގެ ދެ ކުދިން ސަލާމަތްކުރުމަށް އެ ކުދިން އުރާލައިގެން ދުވެފައި ނިކުންނަ މަންޒަރު ފެނިގެން ދެއެވެ. އެ މަންޒަރުގެ ވަކި ހިސާބަކުން މޯހިތުއަށް ބެލެންސްކުރަން އުދަގޫވެ ދެ ކުދިންނާއެކު ވެއްޓޭ މަންޒަރުވެސް ފެނިގެންދެއެވެ. އެ ހާދިސާގައި ސިކަންދަރުގެ އަތާއި އަމައިރާގެ ފަޔަށްވެސް އަނިޔާވެފައިވާ އިރު އެ މަންޒަރާބެހޭ ގޮތުން މޯހިތު ބުނެފައިވަނީ ބެލުންތެރިންނަށް ޑްރާމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށްޓަކައި ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މޯހިތު ބުނީ ސްކްރީނުން ފެންނަ ގޮތާ އެ ގޮތް ގެނައުމަށް ކުރަންޖެހޭ ބުރަ މަސައްކަތާ ވަރަށް ބޮޑަށް ތަފާތުކަމަށެވެ.

“މީ ޑްރާމާގެ މަންޒަރުތަކުގައި އުފުލަންޖެހޭ ބުރައިގެ ކުޑަކުޑަ ތަންކޮޅެއް.”މޯހިތުބުންޏެވެ.

2018 ވަނަ އަހަރު ދައްކަން ފެށި މި ޝޯގެ މިހާތަނަށް 365 އެޕިސޯޑު ދައްކާފައިވާއިރު މި ޝޯއަށް ވަނީ ގިނަ އެވޯޑުތަކެއްލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top