މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށި ބައިވެރިވާނެ

19894566_1808456119171209_4721575108475301988_n.png

މިނިވަން ޗެމްޕިއަންޝިޕް2017 ގައި އޭދަފުއްޓާ މިލަންދޫ ވާދަކުރި މެޗުގެ ތެރެއިން

އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށި ބައިވެރިވާނެކަމަށް ކްލަބް އޭދަފުށިން ބުނެފިއެވެ.

ކްލަބު އޭދަފުށިން ބުނީ އޭދަފުށި ތަމްސީލް ކުރާ ޓީމެއް ބައިވެރިކުރުމުގެ ބޭނުމަކީ ފުޓްބޯޅައިގައި އޭދަފުއްޓަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުންކަމަށެވެ. ހަމައެއާއެކު އޭދަފުށީގެ ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުން ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯލަ މުބާރާތަކީ 2015ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ އުފަލުގައި ބާއްވަން ފެށި މުބާރާތެކެވެ. އެ އަހަރު މި މުބާރާތުގައި އޭދަފުށި ބައިވެރިވެ ސެމީ ފައިނަލަށް ދަތުރުކޮށް، ފަރެސްމާތޮޑާ އަތުން 3-1ން ބަލިވެ މުބާރާތުން ވަނީ ކަޓައިފައެވެ. އެހެން ނަމަވެސް 2016ވަނަ އަހަރު ތިމަރަފުއްޓާ ވާދަކޮށް 1-0ން މޮޅުވެގެން އޭދަފުށިވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ތިމަރަފުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top