ދައުލަތަށް ލިބޭ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް

ކައުންސިލް.jpg

އޭދަފުށީ ކައުންސިލް އިދާރާ

ދިވެހިރާއްޖޭގެ ދައުލަތަށް ލިބޭ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި މަހާސިންތާ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައި ވަނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ބިމު ކުލިންވެސް ވަކި ބައެއް ކައުންސިލް ތަކަށް ދޭން ނިންމާފައިވާ ކަމަށާ އެހެންވީމާ 2020 ގައި ހެދިގެންދާ ބަޖެޓުން ކައުންސިލްތަކުގައި ހުރި މާލީ މައްސަލަތައް ހައްލު ވެގެން ދާނެ ކަމަށެވެ. ހަމަ އެފަދައިން ކައުންސިލް ތަކަށް ލިބޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށް ވާއިރު ވީއިރު އެ ފައިސާ ތަކަށް އަމާނާތްތެރި ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. .

މާލީގޮތުން ކައުންސިލްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކަޜުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބަޖެޓުގައި ބާކީ ހުރި ފައިސާތައް ކައުންސިލް ތަކާއި ހަވާލުކުރުމަށް ސަރުކާރުން ވަނީ ފަށާފައެވެ. އޭގެ އިތުރުން އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ވެސް ކައުންސިލް ތަކާއި ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ މަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top