ބޫޓާން ލަވަކިޔުންތެރިޔާގެ “ޗާލޭ މަގެ ދޫންޏާ” މާ ރީތި؟!

capture-582.jpg

ބޫޓާންގެ ޒުވާން ތިން ލަވަކިޔުންތެރިން ކިޔަާފައިވާ ދިވެހި ލަވަ “”ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ” އޭގެ އަސްލު ލަވައަށްވުރެ މާ ބޮޑަށް ރީތިވެގެން އެލަވައިގެ އަވައިގާ އެތައް ބަޔަކު ޖެހިއްޖެއެވެ. އަށް

ބޫޓާންގެ އެމް ސްޓޫޑިއޯގައި ރެކޯޑްކޮށްފައިވާ “ޗާލޭ”ގެ ކަވަރ ކިޔާފައިވަނީ އެގައުމުގެ މަޝްހޫރު ހިޓް އެތައް ލަވައެއް ކިޔާފައިވާ ލަވަކިޔުންތެރިޔާ އަދި އެކްޓަރު އުގްޔެންއެވެ. މި ދިވެހި ލަވަ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ލަވަ މިހާރުވެސް 5500 އަށް ވުރެ ގިނަ ވިއުސް ޔޫޓިއުބުގައި ވަނީ ލިބިފަ އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އެތައް ބަޔަކަށްވެސް މިލަވަ ރީތިވެގެން ލަވައިގެ ވާހަކަ މީސްމީޑިއާގައިވެސް ދަނީ ފަތުރަމުންނެވެ. ލަވައަށް ކޮމެންޓު ކޮށްފައިވާ ބައެއް ދިވެހިން ވަނީ ބޫޓާންގެ ލަވަކިޔުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައެވެ.

ޒުވާން އަންހެން ކުއްޖެއްގެ ރީތިކަން ސިފަކޮށްދީފައިވާ “ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ” އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވި ޓްރިއޯ ބޭންޑުގެ ކުރީގެ ލަވަކިޔުންތެރިޔާ މޫސާ ޝިފާއު (ޓްރިއޯ)ގެ އަޑުން ދެހާހުގެ ކުރީކޮޅު ކިޔައިދީފައިވާ ލަވައެވެ.

“ޗާލޭ” ވަނީ ރާއްޖޭން ބޭރުގެ ފަންނާނުން ވެސް ހުށަހަޅައިދީފައެވެ. އެގޮތުން އިޓަލީގެ ޕޮޕް ލަވަކިޔުންތެރިޔާ ލެއްލޯގަރޭއްލީ ކިޔައިދިން ކަވަރ އާއި ރާއްޖޭގެ ރިސޯޓްތަކުގައި ހުށަހަޅައިދޭ “އޯވާ ދަ މޫން” ޑުއާ ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top