އޭދަފުށީގެ މިސްކިތްތައް މާދަމާ ހުކުރު ނަމާދުން ފެށިގެން ހުޅުވާލަނީ ! .

Breaking-News-Image-v2-e1574095563266.jpg

ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ފުރަބަންދުގައި ނެތް ރަށްރަށާއި މޮނީޓަރިންގ ހާލަތުގައި ނެތް ރަށުގެ މިސްކިތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމުމާ ގުޅިގެން އޭދަފުށީގެ މިސްކިތްތައް ވެސް މާދަމާ ހުކުރު ނަމާދުން ފެށިގެން ހުޅުވާލުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރު މިރޭ ވިދާޅުވީ މި ގޮތަށް ނިންމާފައިވަނީ ޑޮކްޓަރުންގެ ލަފާއާއެކު ކަމަށެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި މުސައްލަ ހިފައިގެން އަދި ވުޟޫކޮށްގެން މިސްކިތަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  މީގެ އިތުރުން މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި މާސްކް އަޅަން ވެސް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާ ކުރައްވާ މޫސާ ފާއިޒް ވިދާޅުވީ ރަސްމީ ގޮތުން އެކަމާބެހޭ ލިއުން އަދި ލިބިފައި ނުވިޔަސް ސަރުކާރުން އެކަން އިއުލާނު ކޮށްފައިވާތީ މާދަމާ ހުކުރު ނަމާދުން ފެށިގެން އޭދަފުށީގެ މިސްކިތްތައް ހުޅުވާލާނެ ކަމަށެވެ. (ތަފްސީލު އަންނަނީ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top