ޝައިޚް މަޖީދުގެ ދަރެސް: ފިޠުރުޒަކާތް

original.jpg

ފިޠުރު ޒަކާތަކީ، ހިޖުރައިން 2 ވަނަ އަހަރު ތެރޭގައި، ޢީދު ވިލޭރެއާއި ޢީދު ދުވަހު ކާނޭ ތަކެއްޗަށްވުރެ އިތުރަށްހުރި ކޮންމެ މުސްލިމު ފަރުދެއްގެ ފަރާތުން ނެރުމަށް އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. ކޮންމެ އަޅުކަމެއްވެސް އިޚްލާޞްތެރިކަމާއެކު ﷲ ގެ ދަރުމައާއި ޘަވާބަށްއެދި ކުރާނަމަ ދުނިޔެއާއި އާޚިރަތުގައި އެކަމުގެ މަންފާ ކުރާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

ފިޠުރު ޢީދު ވިލޭރެއާއި ޢީދު ދުވަހު ކާނޭ ތަކެއްޗަށްވުރެ އިތުރަށް ހުންނާނެކަމަށް ބެލެވޭ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ އެންމެން ޝާމިލުވާ ގޮތުގެމަތީން ފިޠުރު ޒަކާތް ދައްކަން ޖެހޭނެއެވެ. އެބަޔަކު ޢާންމުކޮށް މައިގަނޑު ކެއުމަށް ބޭނުންކުރި ބާވަތަކުން ކޮންމެ ފަރުދަކަށް 2.4 ކިލޯގުރާމް ގެ މިންވަރެވެ. ނުވަތަ އޭގެ އަގެވެ. ދިވެހިރާއްޖޭގައި ނަމަ، މިސާލަކަށް ހަނޑުލެވެ. ނުވަތަ ގޮދަނެވެ. ނުވަތަ އޭގެ އަގެވެ.

ފިޠުރު ޒަކާތް ދެއްކުން ވާޖިބުވެގެންވާ ވަޤުތަކީ، ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމަށްފަހު، ފިޠުރުޢީދު ނަމާދަށް ހަށަން ބަނދެފުމަށް ދާންދެނެވެ. ނަމަވެސް ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމުގެ ކުރިން ރަމަޟާން މަހުގެ ތެރޭގައިވެސް ފިޠުރުޒަކާތް ދެއްކުން ހުއްދަވެގެން ވެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭ ނިކަމެތި ފަޤީރުން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމުގެ މަޤްޞަދުގައި ފިޠުރުޒަކާތް ދައްކައި ޚަލާޞްކުރަމާ ހިނގާށެވެ! ދަރުމައިން ފުރިގެންވާ، ބަރަކާތްތެރި މި މައްސަރުގައި، މިފަރުޟު އަދާކުރުމުގެ ފުރިހަމަ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށިއެވެ. އަމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top