ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންގެ އެލަވަންސް 2000 ރުފިޔާއިން 4000 އަށް ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ބޮޑު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށްފައި ކަަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އިއްޔެ ވަނީ ހާފިޒުންނަށް ބޮޑުކުރި އެލަވަންސް ވެސް ޖަމާކޮށްދީފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހާފިޒުންގެ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެކަން އިއުލާނު ކުރައްވާފައެވެ.
މީގެ ކުރިން ރައީސް ވިދާޅުވީ މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހާފިޒްކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ.





