އޭދަފުށި މަގު ހެދުމުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދަނީ

DSCN9146.jpg

އޭދަފުށީގެ މަގު ހެދުން --އީވީ ފައިލް ފޮޓޯ

އޭދަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން މިއަދު އިއުލާނު ކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި ހަދަން ފަށާފައިވާ މަގުހެދުމުގެ ޕްރޮޖެކްޓްގެ ބޮޑު ބައެއް ނިމިފައިވަނިކޮށް އެސަރުކާރާއެކު އެމަސައްކަތްވެސް އޮތީ ހުއްޓިފައެވެ އެހެންނަމަވެސް މި ސަރުކާރުން  އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވަނީ މިއަހަރުގެ 1 އެޕްރީލުގައި އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ހަވާލުކުރީ 19،184،857 ރުފިޔާއަށެވެ.

އެމްޓީސީސީ އާ ހަވާލު ކުރުމަށްފަހު މަސައްކަތް ނުފެށި ދެމަސްދުވަސް ފާއިތުވީ ފަހުން އެމްޓީސީސީ އިން ބުނީ މަގުތަކުގެ ޑިޒައިންއަށް ބަދަލު ގެންނަން ނިންމާފައިވާ ވާހަކައެވެ. އެގޮތުން ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމުގައި އެކުންފުނިން ބުންޏެވެ.

މަގު ހެދުމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދަނިކޮށް މިއަދު ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ މި ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށެވެ.

އޭދަފުށިގެ މަގު ހެދުމުގެ ޕްރޮޖެކްޓް މެނޭޖް ކުރުމަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާނު ކޮށްފައިވާ އިރު ސަރުކާރުން މަގުހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވާ އެހެން ބައެއް ރަށްރަށަށް ވެސް ކޮންސަލްޓަންޓުން ހޯދުމަށާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތަށްވެސް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ބ.ފުޅަދޫއާއި ފެހެންދޫ ހިމެނެއެވެ.

ބަނދަރު ހެދުމާއި މަގު ހެދުމުގެ މަޝްރޫއުތަކަކަށް ކޮންސަލްޓެންޓުން ހޯދާއިރު، ސަރުކާރުން ވަނީ ބަނދަރު ހެދުމާއި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް މިއިން އެއްވެސް މަސައްކަތެއް އަމަލީ ގޮތުން ކުރިއަށް ނުދާކަން ފާހަގަކޮށް ރައްޔިތުންގެ ފާޑުކިއުން ސަރުކާރަށް ރައްދުވަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top