ޖެނިފާ ވިންގެޓް ހުސްހަށިބައެއް ނޫން.

B0qgiv9IEAA9dLr.jpg

ޖެނިފާ ވިންގެޓްގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. ލޯބި އަނެއްކާވެސް ހޫނުކަމާއެކު އައިސް ޖެނިފާވިންގެޓްގެ ހިތުގެ ދޮރުގައި ޓަކި ޖަހައިފިއެވެ. އާއެކެވެ. އާ ލޯބިވެރިއަކު ހޯދީއެވެ. އެއީ އޭނާ ގެ ފުރަތަމަ ކައިވެނި ކުރެވުނު ކަރަންސިންގ ގްރޯވަރގެ ގާތް ރަހްމަތްތެރިއެއްކަމުގައިވާ ޝަހްބާން އާޒިމެވެ.

ފުރަތަމަ ކައިވެނި ރޫޅި އެ ހިތާމައިގާ ހަލާކުވާން ބޭނުންނުވީކަމަށް ވެދާނެއެވެ. ޕާޓީތަކުންނާ އެހެނިހެން ތަންތަނުންވެސް ޖެނިފާ ފެންނައިރު އޭނާއާއެކު ޝަހްބާންވެސް ވަރަށް ގައިގޯޅި ވެފައި ހުންނަތަން ފެނެއެވެ. އަދި ދެމީހުންގެ ވަގުތުތައް ހޭދަކުރަމުންދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައިކަމަށް އިންޑިއާ ފޯރަމް އިން ބުނެއެވެ. އަދި ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ރިޕޯޓަރަކު ސުވާލުކޮށްލުމުން ޖެނިފާ އާއެކޭ ނުބުންޏަސް ނޫނެކޭ ބުނާކަށް ބޭނުމެއްނުވިއެވެ.

ޖެނިފާއާއި ޝަހްބާންވަނީ މީގެ ކުރިން ސްޓާރޕްލަސްއިން ދެއްކި ޑްރާމާ ސީރީޒް “ދިލް މިލްގަޔާ”ގައި ޝަހްބާންއާއެކު މަސައްކަތް ކޮށްފައެވެ. އެކަމަކު އެއީ ޖޯޑެއްގެ ގޮތުގައެއް ނޫނެވެ.

ކަރަންގެ ފުރަތަމަ އަނބިމީހާ ޝްރައްދާ ނިގާމްވެސް ދެވަނަ ކައިވެނިކޮށްފައިވަނީ “ދިލްމިލްގަޔާ” ގެ އެކްޓަރ މަޔަކް އާނަންދު އާއެވެ. އޭނާއަކީވެސް ކަރަންގެ ގާތް ރަހްމަތްތެރިއެކެވެ. ކަރަންގެ ދެވަނަ އަނބިމީހާވެސް މިދިމާކުރީ ކަރަންގެ ގާތް ރަހްމަތްތެރިއަކާއެވެ.

ޝަހުބާން އަކީ ‘ދިލްމިލްގަޔާ ‘ގެ އިތުރުން އޭކް ހަޒާރޯން މައި މޭރީ ބެހެނާހޭ އަދި ދިލް ދޯސްތީ ޑާންސް އާއި ހަމްސަފަރް ގައިވެސް މުހިންމު ރޯލެއް އަދާކޮށްފައިވާ އެކްޓަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top