ދަރަވަންދޫގައި އަނެއްކާވެސް ޤުރުއާން ކްލާހެއް

dhara-quran.jpg

“އުސްރަތުލް ޤުރުއާން” ކްލާސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ :ފެމެލީ ސްޓާރ

“އުސްރަތުލް ޤުރުއާން”ގެ ނަމުގައި ދަރަވަންދޫގައި އިތުރު ޤުރުއާންކްލާހެއް ހުޅުވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ، ދަރަވަންދޫ ފެލެމީ އިންވެސްޓްމަންޓުން ހިންގަމުން އަންނަ ފެމެލީ ސްޓާގެ ފަރާތުން އެރަށުގައި މި ޤުރުއާން ކްލާސް އިފްތިތާހް ކޮށްދެއްވާފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝައިޚް އަލީ ޒާހިރު އެވެ.

ފެމެލީސްޓާރ އިން ބުނީ މި ގްރުއާން ކްލާހުގައި 200 އަށް ވުރެ ގިނަ ކުދިން މިހާރު ރަޖިސްޓްރީ ވެފައިވާ ކަމަށާ ގުރުއާން ކްލާހުގައި ކިޔަވައިދެއްވާނީ ތަޖުރިބާ ހުރި ގާބިލު މުދައްރިސުން ކަމުގައެވެ.

މި ކްލާހުގެ ކުރިއަށް ހުރި ޕްރޮޖެކްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފެމެލީ ސްޓާ އިން ބުނީ، އިންސްޓިޓިއުޓް އޮފް ޤުރުއާން ސްޓަޑީސް އާއި ގުޅިގެން އަންނަ ބޮޑު ޗުއްޓީގައި އެ ކްލާހުގައި އެމްކިޔުއޭ ގަބޫލުކުރާ ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ގެ ކޯސްތައް ވެސް ފަށާނެ ކަމުގައެވެ.

ފެމެލީ އިންވެސްޓްމެންޓްގެ ދަށުން ދަރަވަންދޫގައި ފެމެލީ ސްޓަރގެ ނަމުގައި ފިހާރައެއް ހިންގުމުގެ އިތުރުން ފެމެލީ ހިޔާގެ ނަމުގައި އެރަށުގައި ގެސްޓް ހައުސް އެއްވެސް އަންނަނީ ހިންގަމުންނެވެ.

ދަރަވަންދޫގައި ”އުސްރަތުލް ޤުރުއާން” ގެ އިތުރުން  މިދިޔަމަހު އެރަށު ބަދަ ޖަމިއްޔާގެ ފަރާތުން ވެސް ވަނީ “ބަދަ ޤުރުއާން ކްލާސް ” ގެ ނަމުގައި ޤުރުއާން ކްލާހެއް ހުޅުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top