ފުރުސަތެއް ލިބިއްޖެ ނަމަ ނަޝީދު ވަކިކުރާނަން: އެމްޕީ.ސަލީމް

339186_3_3b90a24f40d1bb88aa16fc76aeabed964a322753_large.jpeg

ޕީޕީއެމް/ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ނަޝީދު ވަކި ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ކުޑަވެސް ފުރުސަތު ލިބިއްޖެ ނަމަ އެ މަނިކުފާނު މަގާމުން ވަކިކުރަން އެއްބަސްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެންބަރުން ހިމެނޭހެން ބައެއް މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި ދެމައްސަލަ, ރިޔާސަތުން އެޖެންޑާ ނުކުރުމުން އިދިކޮޅު މެންބަރުން މިއަދު ވަނީ އިހްތިޖާޖުކޮށްފައެވެ.

އެ މައްސަލައިގައި މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސަލީމް ވިދާޅުވީ، މަޖިލީހުގައި އިދިކޮޅުގެ ތިބީ ވަރަށް މަދު މެންބަރުން ކޮޅެއް ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމަކީ ކުރަން ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ.

“މިކަހަލަ ފާހިޝް އަމަލުތަކަކަށް އެއްގޮތަކަށް ވެސް ފިޔަވަޅެއް ނާޅާ. ފާޑަކަށް ހިތްވަރު ދެނީ. މީގައި އަޅުގަނޑުމެނަށް ހީވޭ ބައެއް ފަހަރު އެމްޑީޕީގެ ތެރޭގައި ދެ ބައި އޮންނަ ކަމަށް. ނަމަވެސް އަޅުގަނޑުމެނަށް މިކަހަލަ ކަމެއް ދިމާވީމަ މި ފެންނަނީ އެ މީހުން ވެސް އެއްގަލަކަށް އަރާ އެއަށް ސަޕޯޓް ދޭ ތަން,” ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެކަމާ ދެކޮޅަށް ބަހުސް ނުކުރެވޭނެ ފަދަ މައްސަލަތައް އެޖެންޑާ ވެސް ނުކޮށް، މަޖިލީހުގެ ގަވައިދާ ހިލާފަށް ބޭރުކޮށްލާ ކަމަށާ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް، މައިނޯރިޓީގެ އަޑު ކަނޑުވާލައި މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، ﷲ ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތަކަކީ އާންމު ކަމަކަށް ހަދަން މި ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ. ލިވާތު ކުރުމަކީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން ބޮޑު އަދަބެއް ލިބޭ ކުށެއް ކަމަށާއި އެ މައްސަލަ މަޖިލިހަށް އެޖެންޑާ ވެސް ނުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރާ ވީޑިއޯ އާއި އެމްޑީޕީގެ އެހެން ބައެއް އިސް ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މަޖިލީހުން ހައްލެއް ނުލިބިއްޖެ ނަމަ އެހެން ހުރިހާ ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top