ކޮވިޑް ޖެހިގެން ނައިފަރުގައި މިއަދު 2 މަރު!

big_wclUxUjF8PCS4ks77XxgEHaQn.jpg

ނައިފަރު

ކޮވިޑް ޖެހިގެން މިއަދު ޅ. ނައިފަރުން އިތުރު މީހަކު މަރުވެއްޖެ އެވެ.

ނައިފަރު ހޮސްޕިޓަލްގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް 97 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ.

އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފޮނުވާފައިވާއިރު އަދި ނަތީޖާ ނުލިބެއެވެ.

އިއްޔެވެސް އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓަށް ފޮނުވި ނަމަވެސް ނަތީޖާ ލަސްވުމުން އިތުރު ސާމްޕަލް ނަގާ މިއަދު ވަނީ މާލެ ފޮނުވާފައެވެ.

ނައިފަރުން މިއަދު ހެނދުނު ވެސް ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ވަނީ މަރުވެފައެވެ. މިއީ އެ ރަށުން ކޮވިޑްގައި މަރުވި ތިންވަނަ މީހާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top