ޑިސެމްބަރު މަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ދޮންފަނާއި ކެންދުއަށް

kendhoo-pv9ndmka974ueyxi9cxkd7ifadxdi8vzocykurr04w.jpg

މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބ. ދޮންފަނަށާއި ކެންދުއަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޑިސެމްބަރު މަހު މިފަންޑުން ޖުމްލަ 56 މަޝްރޫއަކަށް 129.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރެއިން ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 10 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 8.8 މިލިއަން ރުފިޔާ، ހޭދަކޮށްފައި ވެއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމުގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް އެކެވެ. ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް މި ޓެކްސް ދައްކަންޖެހެއެވެ.

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއު ތަކަށެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގްރީން ފަންޑަށް ލިބިފައިވަނީ 75.7 މިލިއަން ރުފިޔާ އެވެ. އެ މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެއަތޮޅު ރިސޯޓުތަކުން 24.5 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން 1.6 މިލިއަން ރުފިޔާ އާއެކު ޖުމްލަ 26.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top