ރެޑްވޭވް ރޯދަ ސޭލް؛ އެއްވަނައަށް އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާ، އިތުރު އެތައް އިނާމެއް

c059f74d-d835-49ac-82c7-4cc4a14ed0fa-1536x1024-1.jpeg

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާ ގެ އިތުރުން އަގުބޮޑު އެތައް އިނާމުތަކެއް ލިބޭ ރެޑްވޭވް ރޯދަސޭލް ފަށައިފި އެވެ.

ސުޕަމާކެޓްގެ ވިޔަފާރީގައި ރާއްޖޭގެ ނަންބަރު 1ގެ ގޮތުގައި ފާހަގަކުރެވޭ ރެޑްވޭވްގެ މިއަހަރުގެ ރޯދަސޭލްގައި އެތަނުން ވިއްކާ މުދާތަކުން 5 އިންސައްތައިން ފެށިގެން 75 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބޭއިރު ކުރާ ކޮންމެ 500  ރުފިޔާގެ  ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. 

މި ސޭލްގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދިނަސީބުވެރި އިތުރު ފަސް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ ކަމަށް ރެޑްވޭވް އިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގައި ރެޑްވޭވްގެ ފިހާރަތަކުގައި ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ފަރުނީޗަރާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާ ގެންގުޅޭ ސާމާނު ނަން ހުސްކޮށް މިފަހަރު ލިބެން ހުންނާނެއެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރު ރެޑްވޭވް ސުޕަރމާކެޓް ޗެއިންގެ ގިނަ ފިހާރަތަކެއް ހުޅުމާލެއާއި މާލޭގައި ހުންނައިރު، މާލޭގައި މިހާރު މި ޗެއިންގެ 12 ފިހާރަ ހުރެއެވެ. ހުޅުމާލޭގައި 2 ފިހާރަ ހުންނަ އިރުއޭގެ ތެރޭގައި ހިމެނެނީ “ރެޑްވޭވް މެގަމޯލް” އާއި ސުޕަރ މާކެޓް އެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top