ޕީއެންސީ ރިޔާސީ ޓިކެޓް ޑރ. މުއިއްޒަށް

large_16910628916b9Lg.jpeg

ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު-ސަން

ޕީއެންސީގެ ރިޔާސީ ޓިކެޓް މާލެ ސިޓީ ކައުންސިލްގެ މޭޔަރ, ޑޮކްޓަރ މުހައްމަދު މުއިއްޒު ހޯއްދަވައިފިއެވެ.

މުއިއްޒު މި ޓިކެޓް ހޯއްދަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ވާދަކޮށް ޕީއެންސީ ސެނެޓުން ދެންމެ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ސިއްރު ވޯޓުން މުއިއްޒު އަށް ވަނީ ޖުމްލަ 25 ވޯޓު ލިބިފައެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މިވޯޓުގައި ޖުމްލަ 48 ސެނެޓަރުން ވޯޓު ލެއްވިއެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން މި ތައްޔާރުވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައިގެންނެވެ.

މާލޭގެ މޭޔަރުގެ މަގާމަށް އައުމުގެ ކުރިން މުއިއްޒު ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރާއި ޔާމީންގެ ފަސް އަހަރުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އޭގެ ފަހުން، އޭނާ ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އެމްޑީއޭ އިން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ ޕީޕީއެމާއެވެ. މިއަދާ ހަމައަށް އޭނާ ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރެއްވިއެވެ. ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދެއްވައި މުއިއްޒު ޕީއެންސީ އާ ގުޅިވަޑައިގަތީ މިއަދެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top