އިންފުލުއެންޒާ ފެތުރެމުން ދަނީ. ވެކްސިން ޖަހާ !

DSCN7555-800x490-800x490.jpg

ރާއްޖޭގައި ހަލުވިކަމާއެކު އިންފުލުއެންޒާ ބީ ފެތުރެމުން ދާކަމަށާ އެހެންވެ، އަވަހަށް ވެކްސިންޖެހުމަށް ހެލްތު ޕްރޮޓެކްޓް އެޖެންސީ (އެޗްޕީއޭ )އިން އިލްތިމާސް ކޮށްފިއެވެ.

މިދިޔަ އަހަރުވެސް ގިނަ ބަޔަކަށް އިންފްލުއެންޒާ ރޯގާ ޖެހިފައިވާއިރު އެރޯގާގައި ވަނީ މީހަކު މަރުވެފައެވެ. އޭގެ ކުރިން 2017 ވަނަ އަހަރު 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު އެބަލީގައި ވަނީ ހަ މީހަކު މަރުވެފައެވެ.

އެޗްޕީއޭން ބުނީ މިދިޔަ މަހުގެ މެދުތެރޭން ފެށިގެން އިންފްލުއެންޒާ ރޯގާ އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށާ އެގޮތުން ޖޫން 16 އިން ފެށިގެން ޓެސްޓު ކުރި ސާމްޕަލްގެ 40 ޕަސެންޓް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އިންފުލުއެންޒާ ވެކްސިންޖެހޭނެ އެންމެ ޅަ އުމުރަކީ 6 މަހާއި 9 އަހަރާ ދެމެދު އެވެ. 3 އަހަރު ނުވާނަމަ ޑޯޒަކީ 0.25 އެމްއެލްއެވެ. އަދި ބޮޑެތިމީހުންނަށް ޖަހާ ޑޯޒަކީ 0.5 އެމްއެލް. އެވެ.  ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒެއް ޖަހަންޖެހެއެވެ.

އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ވައިރަސް އެއް ކަމަށް ވާތީ، އެ ބަލިން ރައްކާތެރިވާން ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލު ގެނެ އެވެ.

އޭދަފުށިގައި ހުންނަ އެސްޓީއޯ ފާމަސީ އިން އިންފުލުއެންޒާ ވެކްސިން ލިބެން އެބަހުރިކަމަށާ ޑޮކްޓަރުގެ ބޭސް ސިޓީއަށް އެތަނުން ވެކްސިން ލިބޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top