ތުޅާދޫއާއި ހިތާދޫ ވާދަކުރި މެޗް އެއްވަރު.

big_iqTC2mCxGXOBKJdVNXpuHKlFx.jpg

ތުޅާދޫ އާއި ހިތާދޫ ބައްދަލު ކުރިމެޗް ----ފޮޓޯ: ޕީއެސްއެމް

ބ. ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު ތުޅާދޫ އާ ހިތާދޫ މެޗް ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މިއީ ބ.އަތޮޅު ފުޓްބޯޅަ މުބާރާތެއްގައި ތުޅާދޫގެ ޓީމެއް އަލަށް ބައިވެރިވިފަހަރެވެ.

ވަރަށް ހަމަހަމަކަމާ ވާދަވެރި މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ތުޅާދޫ އިން ނެވެ. ފުރަތަމަހާފްގެ އިތުރު ވަގުތުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިފްހާމް ރަޝީދުއެވެ. އޭނާ މި ލަނޑު ގޯލަށް ވައްދާލާފައިވަނީ ތުޅާދޫ ޓީމަށް ލިބުނު ކޯނަރަކުން ބޮލުން ޖަހައި ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފްގައި ހިތާދޫ ޓީމުގެ ކުޅުން ރަނގަޅުކޮށް ތުޅާދޫ ގޯލަށް ނުރައްކާތެރި ދެހަމަލާއެއް އަމާޒު ކުރިނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ދެވަނަ ހާފްގެ އިތުރު ވަގުތު  ހިތާދޫއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ހުސެއިން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެޓީމްކަމަށްވާ މާޅޮހާ، ކުޑަރިކިލު އެވެ. މެޗް ފަށާނީ 16:15 ގައި އޭދަފުށީ ޓާފް ދަނޑުގައެވެ.

މިމުބާރާތަކީ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top