ޓީޗަރުންގެ މުސާރާ ބޮޑު ކުރަނީ

large_15476113817yrX4.jpg

އެޑިއުކޭޝަން މިނިސްޓަރ ،ޑރ.އައިޝަތު އަލީ --ފޮޓޯ :ސަން އޮންލައިން

ޓީޗަރުންގެ މުސާރަ ބޮޑުކޮށް އިތުރު އިނާޔަތްތައް އެ ފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށް މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑެއް އެކުލަވާލައި އެ އޮނިގަނޑަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

“މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކާ ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކަށް ބަދަލުތަކެއް ގެނެސްފިން. އަދި އޯވަޓައިމަށް ވެސް ގެނެވޭނެ ހެޔޮ ބަދަލުތައް މިދަނީ މަޝްވަރާ ކުރަމުން. ވަރަށް އަވަހަށް މިކަން އިއުލާން ކުރާނަން” މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޓީޗަރުންގެ އެސޯސިއޭޝަނާއި މިނިސްޓްރީއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި ޓީޗަރުންގެ ކަންބޮޑުވުންތަކަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުންތައް ކަމަށްވެސް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top