ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އަނެއްކާވެސް އިލްތިމާސްކޮށްފި

l_2020_06_15_023008_kyvljiq25grd8h7x6wsnf3c4tobepzuam91_EN_.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާ ނުކުރަން އެބޭންކުން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ކާޑުގެ އެއްވެސް މައުލޫމާތެއް (ކާޑު ނަންބަރު، މުއްދަތު ހަމަވާ ތާރީހު، ވީސީސީޓީވީ ކޯޑު) އަދި އިންޓަނެޓް ބޭންކިން މައުލޫމާތާއި އޯޓީޕީފޯނު، އީމެއިލް އަދި މެސެޖަކުން ވެސް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިފަދަ މައުލޫމާތެއް ހޯދަން ނުވަތަ ފައިސާ ފޮނުވުމަށް އެދި ބީއެމްއެލްއިން އެއްވެސް ހާލަތެއްގައި ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބޭންކުން މިގޮތަށް އަނެއްކާވެސް އިލްތިމާސް ކޮށްފައި މިވަނީ، ބޭންކުން މެސެޖުތައް ފޮނުވާ ނަންބަރު 455 އިން އެކި ފަރާތްތަކަށް މެސެޖް ކޮށް އެމީހެއްގެ މެއިލްއަށް ކޯޑު ފޮނުވުން ފަދަ ކަންކަން ހިނގަމުން ދާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރާ ދުވަސްވަރެއްގައި ކަން ފާހަގަ ކުރެވެއެވެ. އަދި އެކި ނަންބަރުތަކުން ގުޅާ މައުލޫމާތު އޮޅުންފިލުވާ ކަމަށްވެސް ބައެއް ކަސްޓަމަރުން ބުނެއެވެ.

ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. އަދި މެއިލްގެ ޒަރީއާއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރަމުން ގެންދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top