ކެންދޫން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ބަޔަކު އިހުތިޖާޖުގައި

large_175700963961gDSG.png

ބ.ކެންދޫން މިއަދު އިރުއިރުކޯލާ ކަރަންޓު ޚެނޭދެމުން ދާތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އޮންލައިން ނޫސް “ސަން”އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ އެ ރަށު ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވާން ފެށީ، ފެނަކައިން ހިންގާ އެ ރަށުގެ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހި، އެ ކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުންނެވެ.

އޭގެ ފަހުން ކަރަންޓު ކެނޑުމުގެ މައްސަލައަށް މުޅިން ހައްލެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އާދަޔާ ޚިލާފަށް، ގިނަގިނައިން ކަރަންޓު ކެނޑޭތީ ރައްޔިތުން އިހުތިޖާޖުކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިރޭ ވެސް އަންނަނީ ކަރަންޓު ކެނޑެމުންނެވެ.

އަބްދުއްރަހްމާން ވިދާޅުވީ، އެގޮތަށް ކަރަންޓު ކެނޑުމުގެ ސަބަބުން ރަށު ރައްޔިތުންނަށް ވަރަށް ގެއްލުން ވަމުން އަންނަކަމަށެވެ. އެގޮތުން ރައްޔިތުންގެ އަގުބޮޑު ބައިވަރު އިލެކްޓްރޯނިކް މުދާ ހަލާކުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top