މިފަހަރު ކަދުރު ލިބެނީ ފަގީރުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް

img_md_202104061009361617728976.8864.jpg

ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާކުރި 25 ޓަނު ކަދުރު ބަހާނީ 1441 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކަދުރު ބެހުމާބެ ހޭގޮތުން އެ މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލުގައި ބުނަނީ ކަދުރު ބަހާނީ 1441 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10،944 މީހުންނަށް ޕެކެޓެއްގެ މަގުން ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަދި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަށްވެސް ކަދުރު ލިބޭނެ ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އެމިނިސްޓްރީ އާ މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައިި ކަމަށާ ރާއްޖޭގެ އެހެން ސިޓީތަކުގައި ކަދުރު ބަހާނީ އެ އުސޫލާ އެއްގޮތަށް އެ ސިޓީ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރަށްރަށަށް ކަދުރު ބަހާނީ، މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ހަވާލުކުރުމުން، ކައުންސިލުތައް މެދުވެރިކޮށް ކަމަށެވެ. ރަށްރަށަށް ކަދުރު ގެންދިޔުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހާ ހަރަދުތަކާއި ނާލު ދައްކަން ޖެހޭނީ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top