ރަށްރަށަށް ދިއުމަށް ސާމްޕަލް ސެންޓަރުތަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ: އެޗްއީއޯސީ

DSCN6122-1.jpg

އޭދަފުށި

ރަށްރަށަށް ދިއުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ހިލޭ ސާމްޕަލް ނަގައިދޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ޕްރައިވެޓް ކުލިނިކްތަކާއި ލެބްތަކުން ޕީސީއާރު ޓެސްޓް ހަދައިދެނީ 700 ރުފިޔާއަށެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓާގެ ފަރާތުން ފާތުމަތު އަނާ ވިދާޅުވީ ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކަށް ހިލޭ ޕީސީއާރު ޓެސްޓުު ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން މިހާރުވެސް ރިލީޒް ސާމްޕަލް ނަގަމުން އަންނަ ފުލޫ ކުލިނިކްތަކުން ޕީސީއާރު ޓެސްޓް ހިލޭ ހެދޭނެ ކަމަށް ވިދާޅުވިއެވެ.

އަނާ އިތުރަށް ވިދާޅުވީ އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވަނީ 120 ރަށެއްގައި ކަމަށާއި ދެ ވަނަ ޑޯޒު އާބާދީގެ 60 ޕަސެންޓަށް ދެވިފައިވާ އެއްވެސް ރަށެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ.

އެޗްޕީއޭ އިން ނެރުނު އުސޫލުގައި ބުނެފައިވާ ގޮތުން، އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން ހުށަހަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެކެވެ. އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރާ ރަށެއްގެ ކައުންސިލާ މައުލޫމާތު ހިއްސާ ކުރަންޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މާލޭގައި މިވަގުތު ހުރި ސާމްޕްލިންގް ސެންޓަރުތަކުގެ ތެރޭގައި އައިޖީއެމްއެޗް، ސެނަހިޔާ އަދި މާލެހިޔާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ހިމެނެ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު