އޭދަފުށިން އިތުރު 5 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ 12 އަށް

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

އޭދަފުށިން އިއްޔެ އަނެއްކާވެސް ކޮވިޑް19އަށް އިތުރު 5މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު 12އަށް އަރައިފިއެވެ.

އަލަށް ޕޮޒިޓިވްވި 5 މީހުންނަކީ ކުރިން މިބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުންނާއި ރެންޑަމް ކޮށް ނެގި ޖުމްލަ 411 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވާ 53 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ހާމަކުރި މައުލޫމާތުގެ މައްޗަށް ބަލާއިރު އަދިނަތީޖާ ނުލިބޭ 358 ސާމްޕަލް ވެއެވެ. އެސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އޭދަފުށީގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު ރަށު ކައުންސިލްުން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އިތުރު ފިޔަވަޅުތަކެއްވެސް އަޅުއްވާފައެވެ.

އެގޮތުން ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ދިޔަނަމަވެސް އެކަކަށްވުރެ ގިނަ މީހުން ނުނިކުތުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. މި ގޮތަށް ނުކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. އަތޮޅު ހޮސްޕިޓަލުގެ ހޮޓްލައިން 6608309 އާ ގުޅައި އެތަނުގެ ފްލޫ ކްލިނިކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާ ކުއްލި ހާލަތުގައި 7740374 ނުވަތަ 9998110 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ކައުންސިލުން އެދެއެވެ.

ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ފުރަތަމަ ޕޮޒިޓިވްވީ މި މަހުގެ 19 ވަނަ ދުވަހެވެ. ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އޭދަފުއްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top