”ޔޭ ރިޝްތާ ކިޔާކެހެނާހޭ “އިން ނިތިކް ވަކިވަނީ ؟

332100-yeh-rishta-kya....jpg

ކަރަން އާއި ހީނާ " ޔޭ ރިޝްތާ ކަހެނާހޭ " ގެ މަންޒަރެއްގައި.

ސްޓާރ ޕްލަސްއިން ދައްކަމުންގެންދާ ޓީވީ ޑްރާމާ “ޔޭރިޝްތާ ކިޔާ ކަހެނާހޭ “ގެ ބަތަލް ކަރަންމެހްތާ (ނިތިކް) އެ ޑްރާމާ އިން ވަކިވާން ނިންމައިފިއެވެ.

ވޭތުވެދިޔަ ހަތް އަހަރުން ފެށިގެން މި ޑްރާމާގައި ލީޑް ރޯލް އަދާކުރަމުން އަންނަ ނިތިކް ވަކިވާ ސަބަބެއް ހާމަކޮށްފައި ނުވިޔަސް ކުރިއަށް އޮތް މަދު ހަފްތާ ކޮޅެއްގެ ތެރޭގައި އޭނާ މި ޑްރާމާއިން ވަކިވާނެކަމަށް އިންޑިއަން އެކްސްޕްރެސްއިން ބުނެއެވެ.

ޔޭ ރިޝްތާ ކިޔާ ކަހެނާހޭ ގެ ޓީމް އަންނަ ފެބްރުއަރީ ގައި ޝޫޓިންގ އަށް ހޮންގްކޮންގއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުގައި އެމީހުން 10 ދުވަސް ޝޫޓިންގ ގައި ހޭދަކުރާނެއެވެ. މި ކަން އިއުލާން ކުރަމުން މިޓީމުން ބުނެފައިވަނީ މި ދަތުރު ނިންމުމަށް ފަހު ނިތިކް މި ޑްރާމާއިން ވަކިވާނެކަމުގައެވެ.

ދިވެހިންގެ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ބަލަމުން އަންނަ މި ޓެލެޑްރާމާ “ޔޭ ރިޝްތާ ކިޔާ ކަހެނާހޭ” ގައި ކަރަން އާއެކު އުޅެނީ ހީނާޚާން އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top