ދޮންފަނު ސިއްހީމަރުކަޒުގެ އާއިމާރާތް ހުޅުވައިފި

8760.jpg

ހެލްތް މިނިސްޓަރ ޑރ. އިރުތިޝާމް ދޮންފަނު ސިއްހީމަރުކަޒު ހުޅުވައިދެއްވުން- ފޮޓޯ؛ ޕީއެސްއެެމް ނިއުސް

ބ.ދޮންފަނުގައި އަލަށް އިމާރާތްކޮށްފައިވާ ސިއްހީ މަރުކަޒު އިއްޔެ ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ ޑރ.އިރުތިޝާމް އާދަމްއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް ދިރި އުޅޭ ރަށުން އެކަށީގެންވާ ގޮތަކަށް ސިއްހީ ޚިދުމަތް ލިބުމަކީ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތަކަށް ހެއްދެވުމަށް ސަރުކާރުން އިސްކަން ދެއްވާކަމުގައެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަނީ ރަށުން ނުލިބެން ނުހުންނަ ސިއްހީ ޚިދުމަތްވެސް ރަށާ ކައިރިން ފަސޭހައިން ލިބެން ހުންނަ ގޮތަކަށް އިންތިޒާމުކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

500 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ދޮންފަނުގައި މީގެ ކުރިން ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދީފައިވަނީ ވަރަށް ދަތި ގޮތަކަށް ރަށު ކައުންސިލްގެ އިމާރާތުގައި ކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ.

މިދަތުރުގައި މިނިސްޓަރ އިއްޔެވަނީ ދަރަވަންދޫ ސިއްހީ މަރުކަޒަށްވެސް ވަޑައިގެން އެތަން ހިނގާ ނުހިނގާގޮތް ބައްލަވާލައްވާފައެވެ. އަދި ރޭ ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ހޮސްޕިޓަލުގެ ހާލަތު ބައްލަވައިލެއްވިއެވެ.

މިނިސްޓަރުގެ މި ދަތުރުގައި މިއަދުވަނީ އޭދަފުށީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top