އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް. އެކެއްގެ ހާލު ސީރިޔަސް

viber_image_2023-05-15_19-11-39-653-1152x1536-1.jpg

އޭދަފުށީގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ސައިކަލް

އޭދަފުށީގައި މިއަދު ހަވީރު ދެސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓުވި ދެމީހުންނަށް ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އެތަނުން ބޮޑަށް އަނިޔާލިބުނު އަބްދުﷲ ފާސިރު، 18، ވާރިޔާ، މާލެ ފޮނުވާލީ ލިބުނު ގެއްލުންތައް ބޮޑުކަމުން އިތުރު ފަރުވާއަށް ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ. ހޮސްޕިޓަލުން ބުނީ އަނެއްމީހާ އަށް ފަރުވާ ދިނުމަށް ފަހު އަދި އޮތީ އޮބްޒަވޭޝަން ގައިކަމަށެވެ.  އޭނާއަށް ސީރިޔަސް އަނިޔާތަކެއް ލިބުނު ކަމަކަށް ހޮސްޕިޓަލަކުން ނުބުނެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި ފާސިރުގެ ބޮލަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބި ސިކުނޑިއަށް ލޭ އެޅިފައި ހުރިކަމަށް ބެލެވޭ ކަމުގައެވެ.

ފުލުހުން ވިދާޅުވީ، ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:11 ހާއިރު ކަމަށާއި މި ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު