ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

big_OwJbcOs1GIrciy8CmNoADPIxp.jpg

ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ޖޭއެސްސީން އައްޔަން ކުރެއްވީ ބ. މާޅޮސް، ނަފާޕެލަސް، އަބްދުއްރަޝީދު ޔޫސުަށް މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ--ފޮޓޯ: ޖޭއެސްސީ

ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބ. މާޅޮސް، ނަފާޕެލަސް، އަބްދުއްރަޝީދު ޔޫސުފް، އައްޔަން ކުރައްވައި މަގާމުގެ ލިޔުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހަވާލުކޮށްފި އެވެ.

އަބްދުއްރަޝީދު ޔޫސުފަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ ޖެނުއަރީ އަށެއް، 2013 ވަނަ ދުވަހުއެވެ. އޭނާ މިހާތަނަށް ހުންނެވީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ.

ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އަބްދުއްރަޝީދު އައްޔަން ކުރައްވާފައިވާ އިރު ބ.އަތޮޅު ހިމެނޭހެން ފަސް ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅުން އައްޔަން ކުރައްވައި މިއަދު ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ޖޭއެސްސީ އިން ބުނީ އެ ކޮމިޝަނުން ފަސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކުރި އިއުލާނުތަކާއި ގުޅިގެން މި މަގާމުތަކަށް ކުރިމަތިލީ ބޭފުޅުންނާ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކޮށްފައިވާ ކަމަށެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު