ހިތާދޫ އަބޫބަކުރު ކަތީބު ނިޔާވެއްޖެ

kl.jpg

ބ. ހިތާދޫ ބޮޑުކެކުރިގޭ، އަބޫބަކުރު އިބްރާހީމް (92) އަހަރު. / އޭދަފުށި ވޮއިސް ފޮޓޯ

ބ. ހިތާދޫގެ ވެރިކަމުގެ ދާއިރާގައި ސާޅީސް އަހަރު ޚިދްމަތް ކުރެއްވި އެރަށު ބޮޑުކެކުރިގޭ އަބޫބަކުރު އިބްރާހީމް (92 އަހަރު) ނިޔާވެއްޖެއެވެ.

ކުޑަކޮށް ބަލިވެ އުޅުއްވުމަށްފަހު އަބޫބަކުރު ކަތީބު ނިޔާވީ ރޭގެ ވަގުތެއްގައި ހިތާދޫގައިކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ. އަބޫބަކުރު ކަތީބަކީ 1959 ހާތަނުން ފެށިގެން ގާތްގަނޑަކަށް 2000 ވަނައަހަރާ ހަމައަށް ހިތާދޫގައި ކުޑަކަތީބުކަމާއި، ކަތީބުކަން ކުރެއްވި ބޭފުޅެކެވެ.

ހިތާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހްމަދު މުހައްމަދު އީވީއަށް ވިދާޅުވީ ކަތީބު އަބޫބަކުރަކީ ރައްޔިތުންނާ ވަރަށް ގުޅުން ބޮޑު، ހިތާދޫގެ ތަރައްޤީއަށް ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުގައި ވަރަށް ހީވާގި އަދި އަމަލީގޮތުން ވަރަށްބޮޑަށް ބައިވެރިވެލެއްވި ބޭފުޅެއްކަމަށެވެ. އޭނާ ވިދާޅުވީ އަބޫބަކުރު ކަތީބު ނެތި ދިއުމަކީ “ހިތާދޫ ރައްޔިތުންނަށް ގެއްލިގެން ދިޔަ ބޮޑު ހަޒާނާއެއްކަމަށާ، އޭނާއަށްޓަކައި ހިތާދޫގެ ރައްޔިތުން ފަހުރުވެރިވާނޭ” ކަމަށެވެ.

އަބޫބަކުރު އިބްރާހީމް ނިޔާވިއިރު އޭނާގެ 6 ފިރިހެން ކުދިންނާއި، 8 އަންހެންކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި އޭނާގެ ދަރިންނަކީ އަހްލާގީގޮތުންނާ، ތައުލީމީ ގޮތުން ނަމޫނާ ދަރިންތަކެއްކަން ހިތާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހްމަދު ފާހަގަކުރެއްވިއެވެ.

މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރަމެވެ. އަދި މަރްހޫމްގެ އާއިލާއަށް ކެންތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top