ތުޅާދޫކައުންސިލްގެ ހުރިހާމެންބަރުން ސަސްޕެންޑް

449343184.jpg

ލޯކަލްގަވަރންމެންޓްއޮތޯތިޓީގެ އެންގުމަށް ތަބާނުވުމުގެ ސަބަބުން ތުޅާދޫކައުންސިލްގައި ހިމެނޭ ފަސްމެންބަރުން ސަސްޕެންޑްކޮށްފިއެވެ.

ލޯކަލްގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ ކައުންސިލަރުންގެ ސަސްޕެންޑްކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށެވެ. ސަަސްޕެންޝަންގެ މުއްދަތުގައި މުސާރައާއި އިނާޔަތް ނުލިބޭނެކަމުގައާއި މި މުއްދަތުގައި ތުޅާދޫ ކައުންސިލްގެ އެންމެހައި ކަންތައް ކުރިއަށް ގެންދާނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާއެވެ.

އެލްޖީއޯއިން މި ގޮތަށް އަމަލުކުރަން ނިންމީ މިދިޔަ މޭމަހު 14ވަނަދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ތުޅާދޫ ކައުންސިލްގެ ރައީސަށް މުސާރަނުލިބޭގޮތަށް ދެމަސްދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލު ކުރުމަށް އެންގުމުން އެއީ ޣައިރު ގާނޫނީ އަމުރެއްކަމަށް ބުނެ އެކައުންސިލުން މި ނިންމުމަށް އަމަލު ނުކުރަން 28މޭގައި ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވުމާއި 11ޖޫން2015ގައ ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ތުޅާދޫ ކައުންސިލްގެ މެންބަރު އަހްމަދު އަބްދުއްރަހީމް އަށް މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއްމަސްދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލު ކުރަން އެންގުމުންވެސް އަމަލު ނުކުރަން ތުޅާދޫ ކައުންސިލުން ނިންމާފައިވުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top